ކ. ތުލުސްދޫގައި ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް ފަށައިފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ދިވެހި ޕާސްޕޯޓުގެ ހިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން، ތުލުސްދޫގައި ރޭ ދިވެހި ޕާސްޕޯޓުގެ ހިދުމަތް ރަސްމީކޮށް ފަށާފައިވާ ކަމަށެވެ.
މި މަހުގެ ނިޔަލަށް ޕާސްޕޯޓުގެ ހިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ކުރިން ވިދާޅުވެފައެވެ.
ޕާސްޕޯޓުގެ ހިދުމަތް މިހާރު ނުފެށި އޮތީ އދ. އަތޮޅުގައި އެކަންޏެވެ.

