ށ. މާއުނގޫދޫގައި ޕޮލިސް ޕޯސްޓެއް ހުޅުވައިފިއެވެ.
އެތަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީނެވެ.
ސަރުކާރުން އަންނަނީ، މުޅި ރާއްޖެއަށް ފުލުހުންގެ ހިދުމަތް ފުޅާކުރަން މަސައްކަތް ކުރަމުންނެވެ.
ފުލުހުންގެ ހިދުމަތް ގާއިމުވެފައި ނެތް ރަށްރަށުގައި ފުލުހުންގެ މަރުކަޒުތައް ހަދަން މިހާރު އަންނަނީ ބޮޑު މަޝްރޫއުއެއް ވެސް ހިންގަމުންނެވެ.
ފުލުހުން ބުނީ މުޅި ރާއްޖެ އަށް ފުލުހުންގެ ވަސީލަތްތަކާ އެކު ހިދުމަތް ގާއިމު ކުރުމުން އަމަންއަމާންކަން ދަމަހައްޓަން ކުރާ މަސައްކަތްތައް ހަރުދަނާވެ، ކުށްތައް މަދު ކުރެވޭނެ ކަމަށެވެ.

