ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް، ކ. އަތޮޅުން ފެށިގެން އައްޑޫޓސިޓީއަށް ވައިޓް އެލާޓް ނެރެފިއެވެ.

މެޓު އޮފީހުން ބުނީ މިއަދުގެ 8:45 އިން 14:30 އަށް ގަޑިއަކު 22 މޭލާ 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރާކަމަށެވެ.

މެޓް އޮފީހުން އިތުރަށް ބުނީ މިއަދުގެ ހަވީރު 18:00 އާހަމަޔަށް ރާއްޖޭގެ ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިނުގައި ހަތަރު ފޫޓާއި ހަތް ފޫޓް ހުންނާނެ ކަމަށް ލަފާކުރާކަމަށެވެ.

”ވައިޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން. އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އަދި އެެހެން ހިސާބުތަކަށް ގަޑިއަކު 15 މޭލާ 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވޭ.“ މެޓު އޮފީހުން ބުންޏެވެ.