އަލިހުރަސް ކަނޑުތެރެއިން ބޮޔެއް އޮޔާދާތީ، ދަތުރުވެރިން ސަމާލުވުމަށް އެމްއެންޑީއެފުންބއިލްތިމާސްކޮށްފިއެވެ.
މިބޮއި އޮޔާދަނީ އަލިހުރަސް ކަނޑުތެރެއިން ވާދޫ ކަނޑާ ދިމާލަށް ހުޅަނގުން އިރަށް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
”އެހެންކަމުން މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަންދެއްވުމަށް އިލްތިމާސްކުރަން.“ އެމްއެންޑީއެފުން ބުންޏެވެ.
އަދި ހާއްސަކޮށް ރޭގަނޑު މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ދަތުރުކުރެއްވުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އެމްއެންޑީއެފުން ވަނީ އެދިފައެވެ.

