އާއްމުކޮށް ޓޮމާޓޯ ކައި އުޅެނީ އެންމެ ގަޔާވާ ތަރުކާރީގެ ގޮތުގައެވެ. ޓޮމާޓޯގައި ލައިކޮޕީން އާއި ރެޑް އޯބްސް އެކުލެވެއެވެ. މިއީ ކެންސަރުން ދިފާއުކޮށްދޭ މާއްދާތަކެކެވެ.
އަދި ޓޮމާޓޯގައި ވިޓަމިން އޭ އާއި ވިޓަމިން ކޭ ވަރަށް ގިނަ މިންވަރަކަށް އެކުލެވިގެންވެއެވެ. އެހެންކަމުން ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރަން ބޭނުން މީހުންނަށް ޓޮމާޓޯއަކީ ވަރަށް ރަނގަޅު ތަރުކާރީއެކެވެ.
ޓޮމާޓޯއަކީ ރާއްޖޭގައި ވެސް ވަރަށް އާންމުކޮށް ހައްދާ ބާވަތެކެވެ. އެހެންވެ މި ބާވަތުން ޖޫހާއި ސަޓަންޏާއި ސޫޕާއި އަދި އެ ނޫން ވެސް ގޮތްގޮތަށް ބޭނުން ކުރުމަކީ ހަށިގަނޑަށް ވަރަށް ފައިދާ ހުރި ކަމަކަށް ވާނެއެވެ.
ޓޮމާޓޯގައި ކެރޮޓީނޮއިޑްސް ނަމަކަށް ކިޔާ ފައިޓޮކެމިކަލްސް ހިމެނޭ އިރު އޭގެ ތެރޭގައި ލައިކޯޕީން، ލޫޓީން އަދި ބީޓާ ކެރޮޓީން ހިމެނެއެވެ. މިއީ ލޮލުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް މުހިންމު އަދި އުމުރާ ގުޅުންހުރި މެކިއުލާ ޑިޖެނެރޭޝަނާއި ލޮލުގެ އެހެނިހެން ބަލިތަކުން ރައްކާތެރިކޮށްދޭ އެއްޗެކެވެ.
ޓޮމާޓޯ ފަދަ ގަސްތަކުގައި ހިމެނޭ ކެރޮޓިނޮއިޑްތަކުގެ ސަބަބުން އިންސާނުންގެ ޔޫވީ ގެއްލުމުން ދުރުކޮށްދެއެވެ.
ނިއުޓްރިޝަން ޖާނަލްއިން 2015 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ޓޮމާޓޯ ޖޫސް ބުއިމަކީ އަދި ހިތުގެ ވިންދު އަވަސްވުން ފަދަ މެނޯޕޯސަލް ބައެއް އަލާމާތްތައް ފިލުވައިދޭ ކަމެ.ެވެ، އުމުރުން 40 އަހަރާއި 60 އަހަރާ ދެމެދުގެ 95 އަންހެނަކަށް މި ދިރާސާ ކުރިއަށް ގެންގޮސްފައި ވަނީ 8 ހަފުތާ ވަންދެން ދުވާލަކު ދެ ފަހަރު 200 އެމްއެލް ޓޮމާޓޯ ޖޫސް ބޮއެފައެވެ. މިއީ ކުޑަ ޓްރަޔަލަކަށް ވީ ނަމަވެސް، މި ނަތީޖާއަކީ ހިތްވަރު ލިބޭ އަދި އިތުރު ދިރާސާތަކެއް ކުރަން ޖެހޭ ނަތީޖާތަކެކެވެ.
ޓޮމާޓޯ ކެއުން ރައްކާތެރިތަ؟
ޓޮމާޓޯއަށް އެލާޖީވުމަކީ ވަރަށް މަދުން ނޫނީ ނުފެންނަ ކަމެއް ނަމަވެސް އެލާޖިކް ވެއްޖެނަމަ ނައިޓްޝޭޑް އާއިލާގެ އެހެން ގަސްތަކުގެ ތެރޭގައި އޮބާޖީން އާއި އަލުވި ފަދަ ގަސްތަކަށް ރިއެކްޓް ކުރުމުގެ ފުރުސަތު ބޮޑެވެ.
ލޭގެ ޕްރެޝަރު މަތިވެ، ބީޓާ ބްލޮކަރު ފަދަ ބައެއް ބޭސް ބޭނުންކުރާނަމަ ޓޮމާޓޯ ކެއުމުގެ ކުރިން ޖީޕީ ނުވަތަ ސިއްހީ ފަރުވާދޭ ފަރާތުގެ ލަފަޔާއި އިރުޝާދާ އެއްގޮތަށް އަމަލުކުރަން ވާނެއެވެ.
