ދަތްތައް ސާފުކޮށް ބެހެއްޓުމަށްޓުމަކީ އަނގައިގެ ދުޅަހެޔޮ ކަމަށްޓަކައި ކޮންމެހެން ވެސް ބޭނުންތެރި ކަމެކެވެ.

ޑެންޓިސްޓުން ބުނާގޮތުގައި، ދުވާލަކު މަދުވެގެން ދެ ފަހަރު ދަތް އުނގުޅަން ޖެހެއެވެ. ”އެމެރިކަން ޑެންޓަލް އެސޯސިއޭޝަން“ އިން ލަފާ ދެނީ، ދަތް އުނގުޅާ ކޮންމެ ފަހަރަކު، ދެ މިނެޓުވަންދެން ދަތްތައް އުނގުޅުމަށެވެ.

މީގެ އިތުރުން ވެސް ދަތް އުނގުޅުމުގައި، ސަމާލުވާންވީ ކަންކަމުގެ ތެރޭގައި؛

ހަމައެކަނި ބުރުހުން ދަތްތައް ސާފު ކުރުމަކުން ނުފުދޭ

އަނގައިގެ ދުޅަހެޔޮ ކަމަށްޓަކައި ހަމައެކަނި ބުރުހުން ދަތް އުނގުޅަމަކުން ނުފުދެއެވެ. މީހާގެ ސިއްހީ ދުޅަހެޔޮކަމަށްޓަކައި ”އޯރަލް ހެލްތު“އަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭއިރު، ދަތް އުނގުޅުމުގެ އިތުރުން ކުރަން ޖެހޭ ކަންކަމުގެ ތެރޭގައި، ކޮންމެ ދުވަހަކު ފްލޮސް ކުރުން ހިމެނެއެވެ. ދަތްތަކުގެ ބުޑު ސާފުވާނީ އޭރުންނެވެ.

ކޮންމެ ތިން މަހަކުން އެއް ފަހަރު ދަތް އުނގުޅާން ގެންގުޅޭ ބުރުސް ބަދަލު ކުރަން ވެސް ޖެހެއެވެ. އަދި ބުރުހުގެ ކޮޅުތައް ހަލާކުވެފައިވާނަމަ، ތިން މަސް ދުވަސް ނުވަނީސް ވެސް ބަދަލު ކުރަން ޖެހޭނެއެވެ.

 

ދަތް ފަނިކެއުމުގެ މައްސަލައަށް އޮތީ ކޮން ހައްލެއް؟

ގިނައިން ފެން ބުއިމާއި، ފޮނި އެއްޗެހި ކެއުން މަދު ކުރުމަކީ ވެސް ދަތްތައް ރަނގަޅަށް ބެލެހެއްޓުމަށް ކުރަންވީ ކަންކަކެވެ.

ހަކުރަކީ ދަތްތައް ފަނިކާން މެދުވެރިކުރުވާ އެއްޗެކެވެ. ޑޮކްޓަރުން ބުނާގޮތުގައި، ދަތް ފަނި ކެއުމުން ސަލާމަތްވުމަށް ކުރެވޭނެ އެންމެ މޮޅު ކަމަކީ ހެނދުނާއި ރޭގަނޑު ދަތް އުނގުޅުމެވެ.

ދަތް ފަނިކެއުމުން ރައްކާތެރިވުމަށް ފްލޮރޮއިޑްސް ހުންނަ ދަތްއުނގުޅާ ބޭސް ބޭނުންކުރުމަކީ ވެސް މުހިންމު ކަމެކެވެ.

އަދި ކޮންމެ ހަ މަހަކުން ދަތްތަކުގެ ޗެކަޕް ހަދައި، ދަތް ފަނިކާ ނަމަ ކޮންމެ 3 މަހަކުން ޑެންޓިސްޓަކަށް ދައްކަންވާނެއެވެ.

 

ރަނގަޅު ކާނާ ކެއުން

އަދި ސިއްހަތަށް ފައިދާ ހުރި ކާނާ ކެއުމުގެ އިތުރުން، ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުފުމާއި ދުރުވުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ.

 

 

ދަތް އުނގުޅުމުގައި ހެދޭ ގޯހަކީ ކޮބާ؟

ދަތްތައް އުނގުޅާއިރު ހެދޭ ގޯސްތަކުގެ ތެރެއިން އެއް ކަމަކީ ކައި ނިމޭ ގޮތަށް ދަތް އުނގުޅުމެވެ.

ސިއްހީ މާހިރުން ލަފާ ދޭ ގޮތުގައި، ކައި ނިމިގެން އެންމެ އަވަހަށް ވެސް ދަތްތައް ސާފު ކުރަން ވާނީ، 30 މިނެޓު ފަހުންނެވެ. އަދި ހެނދުނު ހޭލައިގެން ވެސް، ދަތް އުނގުޅަން ވާނީ 30 ވަރަކަށް މިނެޓު ފަހުން ކަމަށް ސިއްހީ ލިޔުންތަކުގައިވެއެވެ.

ދަތްތައް ސާފު ކުރާއިރު، ދޫ ސާފުކޮށް އުނގުޅުމަށް ވެސް ބޮޑު ސަމާލުކަމެއް ދޭން ޖެހެއެވެ.

މިކަމުގެ ސަބަބުން، ދުލުގައި ހުންނަ ބެކްޓީރިއާ މަރުވެ، އަނގައިން ނުބައިވަސް ދުވުމުގެ މައްސަލަ ހައްލު ކޮށްދޭނެއެވެ.

އަދި މާ ބާރަށް ދަތްތައް އުނގުޅުމުގެ ބަދަލުގައި، އާދައިގެ މިންވަރަކަށް ޕްރެޝަރު ބެހެއްޓުމަށް ވެސް ސަމާލުކަން ދިނުން މުހިންމެވެ. ނޫންނަމަ، ހިރުގަނޑުން ލޭއައުން ފަދަ މައްސަލައެއް ދިމާވެދާނެއެވެ.

މީގެ އިތުރުން، ކެއުމުގައި ވިޓަމިން ސީ ހިމެނޭ ބާވަތްތައް ހިމެނުމަށް ސަމާލުކަން ދޭށެވެ. މި ވިޓަމިން މަދުވެއްޖެ ނަމަ، ހިރުގަނޑުން ލޭ އައުމާއި، ދަތްތަކަށް ގެއްލުންވުމަށް މެދުވެރިވެދާނެއެވެ.

 

 

މަސްދަރު: ހެލްތު ޑައިރެކްޓު