ފަންސާސްފަސް ކައުންސިލު އިމާރާތްކުރުމުގެ މަސައްކަތް އަންނަ ޖުލައި މަހުގެ ކުރިން ނިމޭނެކަމަށް ލޯކަލް ގަވަމަންޓް މިނިސްޓްރީން ބުނެފިއެވެ.

ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން އިމާރާތް ކުރުމަށް 55 ރަށު ކައުންސިލެއްގެ މަސައްކަތް ކުރުމަށް މިދިޔަ އޮގަސްޓު މަހު ހަވާލުކުރީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާ އެވެ.

އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 631 މިލިއަން ރުފިޔާ އަށެވެ.

ލޯކަލް ގަވްމަންޓް މިނިސްޓްރީން ބުނީ 42 ރަށެއްގައި ކައުންސިލް އިމާރާތްތައް އަޅަން ފަށަން ތައްޔާރީތައް ހަމަޖެހިފައިވާ ކަމަށެވެ.

އަދި 38 ރަށެއްގައި ކައުންސިލު އިމާރާތްތައް އަޅަން ބޭނުންވާ ސާމާނު އެ ރަށްރަށުގެ ސައިޓަށް ފޮނުވާފައިވާ ކަމަށެވެ.

އާ ކައުންސިލް އިމާރާތްތައް އަޅާ ރަށްރަށުގެ ތެރޭގައި ވެރިކަން ކުރާ ބައެއް ރަށްތައް ވެސް ހިމެނެއެވެ. އޭގެ ތެރޭގައި ފ.ނިލަންދޫއާއި ގއ. ވިލިނގިލި ފަދަ ރަށްތައް ވެސް ހިމެނެއެވެ.