މި ސަރުކާރުން ރޭ އިއުލާނު ކުރި ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން ރަސްމާލެ އިން އެންމެ ފުރަތަމަ ދޫކުރަން ނިންމި 15،000 އަށް ގޯއްޗަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.

މިހާރު ހިއްކުމުގެ މަރުހަލާގައި އޮތް ރަސްމާލެ މަޝްރޫއަކީ މި ސަރުކާރުން ބޯހިޔާވަހިކަމަށް ހިންގަން ހަމަޖެހިފައިވާ އެންމެ ބޮޑު މަޝްރޫއެވެ.

ރަސްމާލެ އިން ހުޅުވައިލި 15،000 ގޯއްޗަކީ 1،250 އަކަފޫޓްގެ ގޯތިތަކެވެ.

މި ގޯތިތަކުގެ ތެރެއިން 10،000 ގޯތި މާލޭގެ ރަށްވެހިންނަށް ހާއްސަކޮށްފައިވެއެވެ.

އެގޮތުން އުފަންވީއްސުރެ ފެށިގެން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް 7000 ގޯތި، މާލޭ ރަށްވެހިންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް 1000 ގޯތި އަދި ފަހުން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް 2000 ގޯތި ކަނޑައަޅާފައިވެއެވެ.

މީގެ އިތުރުން މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް 3،000 ގޯތި ހާއްސަކޮށްފައިވާ އިރު، ހާއްސަ ކެޓަގަރީގެ ދެ ބައިގެ ތެރެއިން މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަޙުރޫމްވެފައިވާ ފަރާތްތަކަށް 500 ގޯތި އަދި މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަޙުރޫމްވެފައިވާ ފަރާތްތަކަށް 1،500 ގޯތި ހާއްސަކޮށްފައިވެއެވެ.

ރަސްމާލެ އިން ދޫކުރަން ނިންމި ގޯތިތަކަށް އެދި ހުށަހެޅުމުހެ ފުރުސަތު އަންނަ އަހަރުހެ ޖެނުއަރީ 4 އިން މާޗް 3 އާ ހަމައަށް އޮންނާނެ އެވެ.

ހުށަހަޅާނީ ހިޔާ ޕޯޓަލް www.hiyaavehi.gov.mv މެދުވެރިކޮށެވެ.

އެޕްލިކޭޝަން ހުށަހެޅޭނީ ”މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ އުސޫލު“ ނުވަތަ ”މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓް ދޫކުރުމުގެ އުސޫލު“ ގެ ތެރެއިން ކޮންމެވެސް އެއް އުސޫލެއްގެ ދަށުންނެވެ.