އަންނަ އަހަރުން ފެށިގެން ނަފްސާނީ ބައްޔަށް ކުރާ ހުރިހާ ހަރަދެއް އާސަންދައިން ދޭން ފަށާނެ ކަމަށް ރައީުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެންމެ އިއުލާންކުރައްވައިފިއެވެ.
ރައީސް މުއިއްޒު މިކަން ހާމަ ކުރައްވައިފައި ވަނީ، ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަ ކުރުމަށް، މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުއިއްޒު ވިދާޅުވީ ނަފްސާނީ ބަލި ހުންނަ ފަރާތްތަކަށް ފޯރުކޮށްދޭ ފަރުވާގެ ޚަރަދު އާސަންދައިން ހަމަޖައްސާއިރު ވަކި އިންސައްތައެއް ކަވަރު ކުރުމަކީ ހަމަޖެހޭ ގޮތެއް ނޫން ކަމަށެވެ.
އެހެންކަމުން، ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމުގައި މާލީ ގޮތުން ދިމާވާ ދަތިތައް މި ނިންމެވުމާއެކު ނިމުމަކަށް އަންނާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނަފްސާނީ ދުޅަހެޔޮކަމަކީ އިންސާނީ އަސާސީ ޙައްޤެއް ކަމަށް ރައީސް ޑރ. މުއިއްޒު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.
އެމަނިކުފާނު ވިދަޅުވީ ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް ގައުމީ ފެންވަރުގައި މަސައްކަތް ކުރައްވާ ކަމަށާއި، މި ދާއިރާ ހަރުދަނާ ކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
(ތަފްސީލު އަންނަނީ….)

