ހަ މަސް ދުވަސް ތެރޭގައި، އިކޯ ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރާ ރަސްމާލެ ހިއްކައި، ގޯތިތަައް ހަވާލު ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވައިފިއެވެ.
ރައީސް މިކަން ހާމަ ކުރެއްވީ، ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަ ކުރުމަށް މިރޭ ސޯޝަލް ސެންޓަރުގައި ކުރިއަށްދާ ހާއްސަ ރަސްމިއްޔާތުގައެވެ.
އެމަނިކުފާނު ވިދާޅުވީ، ރަސްމާލޭގެ ޕްލޭންގައި 25،000 ގޯތި ހިމެނޭނެ ކަމަށެވެ.
މާލެ ސަރަޙައްދުގެ ތޮއްޖެހުމާއި، މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަން ހައްލުކުރުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް ވައުދެވެ.
މިކަމުގައި ރައީސް މުއިއްޒު ގެންގުޅުއްވާ އެންމެ ބޮޑު ތަސައްވުރަކީ މާލޭ ކައިރީގައި އޮތް ފުށިދިއްގަރު ފަޅު ހިއްކައި އާބާދުކުރުމެވެ.
މިއީ މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު ބިން ހިއްކުމުގެ މަޝްރޫއުއެވެ. މިހާރު ވެސް، ހުޅުމާލެ ފޭސް 1 އަށްވުރެ ބޮޑު ބިމުގެ ސަރަހައްދެއް ރަސްމާލެއިން ވަނީ ހިއްކައިފައެވެ.
( ތަފްސީލް އަންނަނީ…)

