ބޭނުންވާ ތަކެތި:

1 މޭޒުމަތީ ސަމުސާ ބޭކިންގ ޕައުޑަރ

250 ގުރާމް ފުއް

250 ގުރާމް ކަދުރު

2 މޭޒުމަތީ ސަމުސާ މާޖިރިން

250 ގްރާމް ހަކުރު

50 ގުރާމް ގުރާމް މޭބިސްކަދުރު

50 ގުރާމް ކަނަމަދު ( ކޮށާފައި )

2/1 ޖޯޑު ކިރު

2 ބިސް

2 ސައިސަމުސާ ވެނީލާ އެސެންސް

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ބޭކިން ޕައުޑަރާއި ފުށް އެއްކޮށްލައި، ފުރާނާލާފައި ބަހައްޓާލާށެވެ.

އަދި އެހެން ތައްޓެއްގައި ބިހާއި، މާޖިރިން އަދި ހަކުރު އެއްކޮށް ހަކުރުކޮޅު ވިރެންދެން ގިރާލާށެވެ.

އެއަށްފަހު ކުރިން އެއްކޮށްލި ފުއް ކޮޅު މަދު މަދުން އަޅަމުން އެއްކޮށްލާށެވެ.

ފުއް އަޅާނިމުމުން ކިރު ފޮދުވެސް މަދު މަދުން އަޅަމުން އެއްކުރާށެވެ.

ރަނގަޅަން އެއްވުމުން އެސެންސް އެޅުމަށް ފަހު ގިރާލާފައި ކަދުރު، ކަނަމަދާއި މޭބިސްކަދުރު އަޅާ އެއްކޮށްލުމަށްފަހު ޓްރޭއަށް އަޅާ ފިހެލާށެވެ.