ނ. މަނަދޫގައި އަލަށް އިމާރާތްކުރި މިސްކިތުގެ މަސައްކަތް އެއްކޮށް ނިންމައި، މިސްކިތް ހުޅުވައިފިއެވެ.
އިއްޔެ އެރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިސްކިތް ހުޅުވައިދެއްވީ، އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް ޢަބްދުﷲ ސައުދާންއެވެ.
މި މިސްކިތަކީ 700 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
މި މަޝްރޫއުއަކީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށް ކުރިއަށް ގެންދިޔަ މަޝްރޫއުއެކެވެ.
ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިމާރާތްކުރަން ފަށާފައިވާ މިސްކިތްތަކުގެ މަސައްކަތުގެ ދުވެލި އަވަސްކޮށް ވީހާވެސް އަވަހަށް މަޝްރޫއުތައް ނިންމުމަށް އިސްލާމިކް މިނިސްޓްރީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މިގޮތުން ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން 15 މިސްކިތެއް ހުޅުވުމަށް ތައްޔާރުވަމުންދާކަން ފާހަގަކޮށްލެވެއެވެ.

