ބޭނުންވާ ތަކެތި:

3 ބިސް

3 ސަމުސާ ހަކުުރު

2 ސަމުސާ ބަޓަރު

1 ސައިސަމުސާ ވެނީލާ އެސެންސް

1 ޖޯޑު ފުށް

¼ ސައި ސަމުސާ ލޮނު

½ ކަޕް ކޮކޯ ޕައުޑާރ

1 ސައިސަމުސާ ބޭކިން ޕައުޑަރ

½ ޖޯޑު ކޮޗްލެޓް ޗިޕްސް

ތައްޔާރު ކުރާނެ ގޮތް:

ފުރަތަމަ ބިސް، ހަކުރު، އަދި ބަޓަރ އެއްކުރާށެވެ. ރަގަނޅަށް އެއްވުމުން އޭގެތެރެއަށް ވެނީލާ އެސެންސް، ލޮނު ފުށާ އެއްކުރާށެވެ.

އެއަށްފަހު ކޮކޯ ޕައުޑާރ ބޭންކިން ޕައުޑާ އެއްކޮށްލާ އެންމެ ފަހުން ޗޮކްލެޓް ޗިޕްސް ކޮޅުވެސް އެއްކޮށްލާށެވެ.

އެއަށްފަހު ތަވާ އުނދުން މައްޗަށް އުދާށެވެ.

އަދި ކުޑަ ބަޓަރު ކޮޅެއް ހާކާލާށެވެ. އަދި ތަވާ ހޫނު ވުމުން އެއްކުރި މިކްޗާރ ގެ ތެރެއިން އެތިކޮޅެއް ނަގާ ތަވާ މަތީގައި ވަށްކޮށް ފަތުރާ ފިހެލާށެވެ.