ނ. ވެލިދޫ އިންޑަސްޓްރިއަލް ޒޯންގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ 80 އިންސައްތަ ނިމިއްޖެއެވެ.

އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން އިއްޔެ ބުނީ އެ މަސައްކަތުގެ ދަށުން މިހާރު ކުރިޔަށްދަނީ ޖިއޯ ބޭގް ރިވެޓްމަންޓް ހެދުމުގެ މަސައްކަތް ކަމަށެވެ.

މިއަހަރުގެ ޖުލައި 23 ވަނަ ދުވަހުގައި ފެށި މި މަޝްރޫއަކީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން، ކޮންސްޓްރަކްޝަން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

އެ މަޝްރޫއުގެ ދަށުން، އޮޑިދޯނިފަހަރު ބޭލުމާއި ފައިބަރު މަސައްކަތް ކުރުމަށްޓަކައި ރަށުގެ ހުޅަނގު ދެކުނު ފަރާތުން ބިން ހިއްކުމަށްފަހު އެ ސަރަހައްދުގެ ގޮނޑުދޮށް ހިމާޔާތްކުރުމަށް ހަމަޖެހިފައިވެއެވެ.