އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަދި ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި މޫސާ އަލީ ޖަލީލު ކުރިމަތިލައްވައިފިއެވެ.
ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ، މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް، މާލޭގެ މޭޔަރުކަމަށް ޕީއެންސީގެ ފަރާތުން ވާދަ ކުރެއްވުމަށް ނަން ހުށަހެޅުއްވީ އެންމެ ބޭފުޅެއް ކަމަށެވެ.
ސިފައިންގޭގައި އޭނާ އެންމެ ފަހުން މޫސާ އަލީ ޖަލީލް އަދާކުރެއްވި މަގާމަކީ ޗީފް އޮފް ޑިފެންސްއެވެ.
ސިފައިންގެއަށް ކޮށްދެއްވި ހިދުމަތުގެ އަގުވަޒަންކޮށް ޖަލީލަށް މިހާތަނަށް ވަނީ ނުވަ ކުލަ އަދި 11 މެޑަލް ދެއްވައިފައެވެ.
އެގޮތުން ޖަލީލަށް ވަނީ މި ސަރުކާރުން މިދިޔަ އަހަރު ވަނީ ނިޝާން އަސްކަރީ ވެރިކަމުގެ އިއްޒަތް އަރުވައިފައެވެ.

