މިނިސްޓަރު މިހެން ވިދާޅުވީ، ރައީސްގެ މަސައްކަތްޕުޅާ މެދުގައި %62 މީހުން ހިތްހަމަޖެހޭކަން ބާނީ ސެންޓާ ފޯރ އިންޓަނޭޝަނަލް ޕޮލިސީގެ ދިރާސާއަކުން ދެއްކުމާއި ގުޅިގެންނެވެ.
މިކަމާ ގުޅިގެން ލިޔެފައިވާ އާޓިކަލް އެއް އެކްސްގައި ހިއްސާކުރައްވާ ވަޒީރު ވަނީ، ރައީސްއަށް މަރުހަބާ ދަންނަވައިފައެވެ.
އެމަނިކުފާނު ވިދާޅުވީ، ވޭތުވެދިޔަ ދެ އަހަރުގެ ތަޖުރިބާއަށް ބަލާއިރު އަދި ރައީސް މުއިއްޒު ރާއްޖޭގެ ކުރިމަގާ މެދު ގެންގުޅުއްވާ ތަސައްވުރާއި، މިހާތަނަށް ގެންނަވާފައިވާ ހެޔޮ ބަދަލުތަކަށް ރިއާޔަތް ކުރާއިރު، ދެ ވަނަ ދައުރަކަށް އެމަނިކުފާނު ރައްޔިތުން ހޮވާނެކަމުގެ އުއްމީދު ބޮޑު ކަމަށެވެ.
އަދި ރައީސް ދެވަނަ ދައުރަކަށް ހޮވިވަޑައިގަތުމަކީ ރާއްޖޭގެ ކުރިމަގަށް ވެސް އޮތް އުއްމީދެއްކަމަށް ވެސް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވިއެވެ.

