ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑާއި ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތަައި ފަންނާއި ބެހޭ ވުޒާރާ ގުޅިގެން “ނޭޝަނަލް ޔޫތު ކޮންފެރެންސް” ގެ ނަމުގައި ޒުވާނުންނަށް އަމާޒުކޮށްގެން ކޮންފަރެންސެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

މި ކޮންފަރެންސް މިމަހުގެ 22 އަދި 23 ވަނަ ދުވަހު މާލޭގައި ހުންނަ ޔޫތު ހަބްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، އެކި ދާއިރާތަކުން 93 ޒުވާނުން ބައިވެރިވާނެއެވެ.

މި އަހަރުގެ ޔޫތު ކޮންފަރެންސްގެ އަމާޒަކީ ޒުވާނުންގެ ހުރި ކަންބޮޑުވުންތައް ބަލާ، އެކަންބޮޑުވުންތަކަށް ވަށާޖެހޭ ހައްލެއް ހޯދުމާއި، ޒުވާނުންގެ ގައުމީ ސިޔާސަތެއް އުކުލަވާލުމަށްޓަކައި ޒުވާނުންގެ ހިޔާލާއި މަޝްވަރާ ހޯދުމުގެ އިތުރުން ޒުވާނުން ކުރިއެރުވުމަށްޓަކައި މަސައްކަތްކޮށްދިނުމެވެ.

މިގޮތުން ޖުމްލަ 6 މައުޟޫއަކަށް ބަހާލައިގެން މިކޮންފަރެންސްގައި ވޯކްޝޮޕްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ, ޑރ. މުހައްމަދު މުއިއްޒު ބައިވެރިވުމަށްވެސް ވަނީ ހަމަޖެހިފައެވެ.