ވަގު ޑޮލަރުން ވިޔަފާރި ކުރިކަމުގެ ތުހުމަތުގައި މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

މިއަދު ފުލުހުން އާއްމުކުރި ވީޑިއޯއިން ފެންނަނީ ކެފޭއަކުން ފިރިހެނަކު އެއްޗެއް ގަތުމަށްފަހު އެއަށް ފައިސާ ދައްކާ ތަނެވެ.

މީސްމީޑިއާގައި އެ ވީޑިއޯ ހިއްސާކޮށް ފުލުހުން ބުނީ ސައްހަނޫން ޑޮލަރުން މުއާމަލާތްކޮށްފައިވާ މައްސަލައެއްގެ ތުހުމަތުގައި މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ގެންދާކަމަށެވެ.

އެހެންވެ، އެ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9790048 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322112 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުންް ވަނީ އެދިފައެވެ.