އަތޮޅުތެރޭގެ 56 ރަށެއްގެ ސިއްހީ ހިދުމަތްދޭ ތަންތަނަށް ބޭނުންވާ އެންބިއުލަންސް ހަވާލުކޮށްފިއެވެ.

ހެލްތު މިނިސްޓްރީގައި ރޭ ބޭއްވި ރަސްމިއްޔާތުގައި އަތޮޅު ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގެ މަންދޫބުންނާ އެންބިއުލާންސްތަކުގެ ތަޅުދަނޑި ހަވާލުކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމެވެ.

ހެލްތު މިނިސްޓްރީން ބުނީ މިއީ އަތޮޅުތެރޭގެ ސިއްހީ ހިދުމަތްދޭ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި ހުރި ބޭނުންނުކުރެވޭ ވަރަށް ހަލާކުވެ، ވީރާނާވެފައިވާ އެމްބިއުލާންސްތަކުގެ ބަދަލުގައި އަލަށް ހޯދާ އެމްބިއުލާންސް ތަކެއް ކަމަށެވެ.

އެ މިނިސްޓްރީން ބުނީ މިއީ 65.3 މިލިއަން ރުފިޔާގެ މަޝްރޫއެއްކަމަށާއި, މި މަޝްރޫއުގެ ދަށުން 56 ރަށަކަށް ބޭނުންވާ އައު އެމްބިއުލާންސްތައް ފޯރުކޮށްދެވިގެންދާނެ ކަމަށެވެ.

މިވަގުތު އެމްބިއުލަންސްގެ ހިދުމަތް މެދުކެނޑިފައިވާ ރަށްތައް ފާހަގަކޮށް ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން 56 އެމްބިއުލަންސް ގެނައުމަށް އެމްޕީއެލްއާ ހަވާލުކުރީ 2025 ވަނަ އަހަރުގެ ތެރޭގައެވެ.