ކުކުޅު ބިހަކީ ދުނިޔޭގައިވާ އެންމެ ފައިދާ ހުރި އެއް ކާނާއެވެ.
އާންމުކޮށް ލިބެންހުންނަ މި ކަނާ އަކީ ކޮންމެ ދުވަހަކު ކެއުމުގައި ބޭނުންކުރަން ވަރަށް މުހިންމު ކާނާއެކެވެ. ހަށިގަނޑަށް ބޭނުންވާ ގިނަ މާއްދާތަކެއް ބިހުގައި އެކުލެވިގެންނެވެ.
ބިހަކީ ޕްރޮޓީން އިން މުއްސަނދިވެފައިވާ އެއްޗެކެވެ. ހަށިގަނޑުގެ މަސްތައް ހަރުކޮށްދީ، ހެދިބޮޑުވުމަށް އެހީވެދެއެވެ. އަދި މީގެ އިތުރުން މަސްތައް ވަރުގަދަ ކޮށްދެއެވެ.

ބިހުގައި ތަފާތު މުހިންމު ވިޓަމިންތައް ހިމެނެއެވެ. ވިޓަމިން B12, D, A އަދި E ފަދަ މުހިންމު ވިޓަމިންތައް ބިހުން ލިބެއެވެ. މި ވިޓަމިން ތަކަކީ ހަށިގަނޑަށް ކޮންމެހެން ބޭނުންވާ މާދާތަކެކެވެ.
އަދި މީގެ އިތުރުން ސިކުނޑީގެ ދުޅަހެޔޮ ކަމަށް ބިހުން ގިނަފައިދާ ތަކެއްވެއެވެ.
ހަނދާން ގަދަވުމާއި، ސިކުނޑީގެ މަސައްކަތް ރަނގަޅު ކޮށްދެއެވެ. މީގެ އިތުރުން، ބިހަކީ ލޮލުގެ ބަލިތަކަށް ވެސް ފަރުވާ އެކެވެ.
އަދި ބަރުދަން ވަކި މިންގަނޑެއްގައި ދެމެހެއްޓުމަށް އެހީތެރިވެދެއެވެ. ހިކެން މަސައްކަތް ކުރާ މީހުން ކެއުމުގައި ބިސް ހިމެނުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.
ބިހުގައި ޕްރޮޓީން ގިނަވަމުން ބަނޑުހައިވުމާ ދުރުކޮށްދެއެވެ. މީގެ ސަބަބުން ގިނައިން ކެއުމުން ދުރުވެ، ސަރުބީ ވިރުވައިދެއެވެ.

ބިސް ކެވިދާނެ ގޮތްތައް:
އާދިއްތަ : ފްރައިޑް އެގް އަދި އެވާކާޑޯ ޓޯސްޓެއް
ހޯމަ: ފެނުކެއްކި ބިސް އަދި ކޮންމެވެސް މޭވާއެއް
އަންގާރަ: ބިސް ސެލެޑް ސޭންޑްވިޗް
ބުދަ: ބިސްގަނޑު އަދި ފެނުކެއްކި ތަރުކާރީ
ބުރާސްފަތި: ފެނުކެއްކި ބިސް
ހުކުރު: ސްކްރެމްބަލްޑް އެގްސް
ހޮނިހިރު: ބިސްރިހަ އާއި ރޮށި
ސަމާލުވާންވީ ކަންތައް:
ބިސް ބޭނުން ކޮށްގެން ކާނާ ތައްޔާރު ކުރާއިރު ތެޔޮ އަދި ބަޓަރ މަދުން ބޭނުން ކުރުމަށް ސަމާލުވާން ޖެހެއެވެ. އަދި ބިހާ އެކު ތަރުކާރީ އިތުރުކުރުން ވެސް މުހިންމެވެ.

