ނ.ވެލިދޫގައި ސީޕްލޭން ދަތުރުތައް ފަށައިފިއެވެ.

މި އަހަރުގެ ޖެނުއަރީގައި ވެލިދޫއަށް ސީޕްލޭންގެ ހިދުމަތް ފަށާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ.

އެ ވައުދުފުޅާ އެއްގޮތަށް ވެލިދޫއަށް ސީޕްލޭންގެ ހިދުމަތް ފެށީ މިއަދު އެކަމަށް ޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މިއީ ރާއްޖޭގެ ވައިގެ މަގުން ކުރެވޭ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށާއި، އެ ހިދުމަތް ފެށުމުގެ ސަބަބުން އެ ރަށުގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިއެރުން ލިބި، އާންމު ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ.

ވެލިދޫއަކީ މުޅި ރާއްޖެ ގުޅާލުމުގެ މަޝްރޫއުގެ ދަށުން ސީޕްލޭންގެ ހިދުމަތް ތައާރަފުކުރެވުނު މީހުން ދިރިއުޅޭ ތިންވަނަ ރަށެވެ.