ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ނަމުގައި އޮޅުވާލައިގެން އާންމުންގެ މައުލޫމާތު ހޯދާތީ ސަމާލުވާން އެ އެ ކުންފުނިން އިލްތިމާސްކޮށްފިއެވެ.
އެޗްޑީސީން ބުނީ އެތަނުގެ ނަމުގައި ވައިބާ އައި އެސްއެމްއެސް އަދި އާދައިގެ ފޯނު ކޯލުތައް މެދުވެރިކޮށް އާންމުންގެ މަޢުލޫމާތު ހޯދަމުން ދާ ކަމަށެވެ.
ނަމަވެސް ހައުސިން މަޝްރޫއުތަކާއި ސޯޝަލް ހައުސިން ނުވަތަ ފްލެޓްތަކާ ގުޅޭ އެއްވެސް މުއާމަލާތެއް ކުރުމަށް އެ ކުންފުނިން ވައިބާ ނުވަތަ އާދައިގެ ފޯނު ކޯލު މެދުވެރިކޮށް އާންމުންނަށް ނުގުޅާނެކަމުގެ ޔަޤީންކަން ދޭ ކަމަށް އެޗްޑީސީން ބުންޏެވެ.
އެހެންވެ އެފަދަ ފޯނު ކޯލުތަކާއި މެސެޖްތަކަށް ސަމާލުވުމަށް ޢިލްތިމާސްކޮށްފައެވެ.
މީގެ ކުރިން ވެސް އެޗްޑީސީއާއި އެހެން ކުންފުނިތަކުގެ ނަމުގައި ވެސް ސްކޭމްތައް ހިންގާފައިވެއެވެ.

