ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ނިންމާލައިފިއެވެ.
މި މަޝްރޫއުގެ މަސައްކަތް ކުރީ މޯލްޑިވްސް އެއާޕޯޓް ކޮމެޕެނީ (އެމްއޭސީއެލް)އިންނެވެ.
ހުޅުމާލޭ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް އަވަސްކުރުމަށްޓަކައި އިތުރު ޑްރެޖަރެއް ގެނެސް، މިދިޔަ ނޮވެމްބަރު މަހުގެ 28 އިން ފެށިގެން އެ މަސައްކަތް ކުރަމުން ދިޔައީ، ދެ ޑްރެޖަރު ބޭނުންކޮށްގެންނެވެ.
މިދިޔަ އެމްޑީޕީގެ ވެރިކަމުގައި ހުޅުމާލެ ފޭސް 3 ނުހިއްކައި، އެތަނުން ގިނަ އަދަދެއްގެ ގޯތި ދިނެވެ.
ނަމަވެސް ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެން ދެ އަހަރު ތެރޭގައި މި ވަނީ އެތަނުގެ 63 ހެކްޓަރުގެ ބިން ހިއްކައި ނިންމައިފައެވެ.
އެ ބިން ހިއްކުމުގެ މަޝްރޫއު ހަލުވި ދުވެލީގައި ކުރިއަށް ދިޔައީ މިދިޔަ ދެ މަހުގެ ތެރޭގައެވެ.

