ހިޔާ ސަރަހައްދުގެ އަށް ޓަވަރެއްގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް ނިންމައިފިއެވެ.
އެޗްޑީސީން މިއަދު ބުނީ ހިޔާ ޓަވަރުތަކުގައި ލިފްޓު ހަރުކުރުމުގެ މަޝްރޫއުގެ ޑިޒައިން އަދި ސިވިލް މަސައްކަތުގެ 100 ޕަސަންޓް ނިމިފައިވާ ކަމަށެވެ.
އެޗްޑީސީން ބުނީ ލިފްޓުގެ ސްޓްރަކްޗާ ބެހެއްޓުމުގެ މަސައްކަތުގެ ވެސް 100 ޕަސަންޓް ނިމިފައިވާ ކަމަށެވެ.
ޓަވަރުތަކުގައި ލިފްޓް ހަރުކުރުމުގެ 86 ޕަސަންޓް މަސައްކަތް ނިމިފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.
ހިޔާ ޓަވަރު 1،2،3،4،5،6،7،8 ގައި އަލަށް ހަރުކުރި ލިފްޓް މިހާރު ފުލެޓުތަކުގައި ދިރިއުޅޭ މީހުން ބޭނުން ކުރަމުންދާ ކަމަށް އެޗްޑީސީން ބުންޏެވެ.
ހިޔާގެ 16 ޓަވަރެއްގެ ދަގަނޑު ހަރު ކުރުމުގެ މަސައްކަތް ވެސް މިހާރު ނިމިފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.
ލިފްޓު ހަރުކުރުމުގެ މަސައްކަތައް ބޭނުންވާ ހުރިހާ ސާމާނުތަކެއް ވަނީ މަސައްކަތު ސައިޓަށް ގެންގޮސްފައި ކަމަށް އެޗްޑީސީން ބުންޏެވެ.
މިހާރު ކުރަމުންދަނީ 14،15 އަދި 16 ވަނަ ޓަވަރުގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް ކަމަށެވެ. ހިޔާ ޓަވަރުގެ 9،10،11،12،13 އަދި 15 ގައި މިހާރު ކްލޭޑިން މަސައްކަތާއި ފްރޭމް ހަރުކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް އެޗްޑީސީން ބުންޏެވެ.
އަދި ޓަވަރު 11 އަދި 12 ގައި ފްރޭމް ފެބްރިކޭޝަން މަސައްކަތް ކުރާއިރު، ޓަވަރު 16ގައި ޕްލެޓްފޯމް މަސައްކަތް ކުރަމުންދާކަމަށް އެޗްޑީސީން ބުންޏެވެ.

