މާލެ ހިޔާ 1 ފުލެޓުން ވެއްޓުނު މީހަކަށް އަނިޔާވެގެން ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން ބުނީ މާލެ ހިޔާ 1 އިން މީހު ވެއްޓިފައިވާކަމުގެ މައުލޫމާތު މިއަދު ހެނދުނު 6:50 ހާއިރު ލިބިފައިވާ ކަމަށެވެ.
އެ އިމާރާތުން ވެއްޓިފައިވަނީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އެމީހާ ވެއްޓިފައިވަނީ މާލެ ހިޔާ 1 ގެ ފަސްވަނަ ފަންގިފިލާ އިން ކަމަށް ފުލުހުން ބުނެއެވެ.
އެމީހާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.

