ފަތުރުވެރިންތަކެއް ގޮވައިގެން ދަތުރު ކުރަމުން ދަނިކޮށް ބަންޑުންޖަހާލި ލޯންޗެއްގައި ތިބި މީހުން މިއަދު ސަލާމަތް ކޮށްފިއެވެ.
އެމްއެންޑީއެފްއިން މިއަދު ބުނީ ”ބުލެޓް ސްޕީޑް“ ނަމަކަށްކިޔާ މި ލޯންޗުން ދަތުރުކުރަމުންދިޔަ ނުވަ ފަތުރުވެރީންނާއި، ދެ ފަޅުވެރީންނާއި، ލޯންޗުގެ ކެޕްޓަން ކަނޑުވެފައިތިއްބައި ނަގާފައިވަނީ، ލޯންޗު ބަންޑުން ޖަހައިލި، ކ.ގުޅީފަޅު ކައިރިން ދަތުރުކުރަމުންދިޔަ ”ބީޗް ސްޓޯން“ ނަމަކަށް ކިޔާ ލޯންޗަކަށް ކަމަށެވެ.
އޭގެފަހުން، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ހާބާކްރާފްޓަށް އެ މީހުން ބަދަލުކޮށް، މިއަދު ހެނދުނު 09:40 ހާއިރު އެންމެން ވަނީ ސަލާމަތްތެރިކަމާއެކު މާލެ ގެނެސްފައި ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
މި ހާދިސާގައި ކަނޑުވި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

