ލ. ގަމުގައި ހެޔޮއެދޭ ފަރާތަކުން ބިނާކޮށްދެއްވި އައު މިސްކިތް ”ތުނޑީ ބަނދަރު މިސްކިތް“  ރަސްމީކޮށް ހުޅުވައިފިއެވެ.

އިއްޔެ ހުކުރު ނަމާދަށް މިސްކިތް ހުޅުވައިދެެއްވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރެވެ.

2023 ވަނަ އަހަރުގެ މެއި މަހުގެ 11 ގައި އަމަލީ މަސައްކަތް ފެށި މި މިސްކިތަކީ 342 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން އިތުރު މިސްކިތްތަކެއް ހުޅުވުމަށް އިސްލާމިކް އަންނަނީ މަސައްކަތް ކުރަމުންނެވެ.

މިދިޔަ ބުރާސްފަތި ދުވަހު އިއްވެވި ރިޔާސީ ބަޔާނުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ، އިސްލާމީ ދާއިރާ އިން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ވެސް 90 މަޝްރޫއުއެއް ކުރިއަށްދާ ކަމުގައެވެ.