މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުން، ދިރާސީ އައު އަހަރަށް އަމާޒުކޮށް، ހިންމަފުށީ ސްކޫލަށް 130 ޑެސްކު ޖަހައިދީފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނިގޮތުގައި، މި ޑެސްކްތައް ޖަހައިފައިވަނީ އައްސޭރި ޖަލުގެ ގައިދީންނާއި އޮފިސަރުންނެވެ.
މިއީ އިޖްތިމާއީ ގޮތުން އެހީތެރިވެދިނުމަށް ހިލޭކޮށްދެވިފައިވާ މަސައްކަތެކެވެ.
އަދި މި މަސައްކަތައް ބޭނުންވާ މައިގަނޑު ތަކެތި ފޯރުކޮށްދީފައިވަނީ ކ. ހިންމަފުށީ ސުކޫލުންނެވެ.
މިފަދަ މަސައްކަތްތަކުން ގައިދީންގެ ރިހެބިލިޓޭޝަނަށް ހެޔޮ އަސަރުކޮށް، އެފަރާތްތަކުގެ ހުނަރުތައް ތަރައްގީވެގެންދާނެ ކަމަށް ކަރެކްޝަނުން ބުނެއެވެ.

