ބޭނުންވާތަކެތި:

250 ގްރާމް ފުށް
150 ގްރާމް ހަކުރު
170 ގްރާމް ބަޓަރު / މާޖިރިން
1 ޖޯޑު މޭބިސްކަދުރު
6 ބިސް
2 މޭޒުމަތީ ސަމުސާ ކޮފީ
1 ސައިސަމުސާ ބޭކިން ޕައުޑަރ
3 މޭޒުމަތީ ސަމުސާ ގެރިކިރު
1 ސައިސަމުސާ ވެނީލާ އެސެންސް

ތައްޔާރުކުރާނެގޮތް:

އެންމެ ފުރަތަމަ ފުށާއި ބޭކިން ޕައުޑަރ އަދި ކޮފީ އެއްކޮށް ފުރާނާލާށެވެ. އެއަށްފަހު ބަޓަރާއި ހަކުރާއި އެއްކޮށްލާށެވެ. އަދި ބިހަކާއި ފަހަރަކު ކުޑަފުށްކޮޅަކާއި އެއްކޮށް އޮލަވަންދެން ގިރާލުމަށްފަހުގައި، އެސެންސް އާއި މޭބިސްކަދުރު އެއްކުރާށެވެ. އެއަށް ފަހުގައި ޓްރޭއެއްގައި ބަޓަރު ހޭކުމަށްފަހު، ކުރިން ހެދި ފުށްގަނޑު އަޅާލުމަށްފަހު އަވަނުން ފިހެލާށެވެ. އަދި ކޭކު ފިހެވުމުން، އައިސިން ޕައުޑަރ ނުވަތަ ކޮކޯ ޕައުޑަރު ވެސް ކޭކު މައްޗަށް ބުރުއްސާލައި، ރީތި ކޮށްލެވިދާނެއެވެ.