ސޭންޑްވިޗަކީ ތައްޔާރުކޮށްލަން ފަސޭހަ އެއްޗެކެވެ. ކޮންމެ މުނާސަބަތެއް ފާހަގަކުރާއިރުވެސް ސޭންޑްވިޗް މޭޒުމަތިން ނުފެނި ނުދާނެއެވެ. އެގޮތުން މިއަދު މިގެނެސްދެނީ ފަސޭހައިން ތައްޔާރުކޮށްލެވޭ ޗީޒް ޗިކަން ސޭންޑް ވިޗްއެވެ.

ޗީޒް ޗިކަން ސޭންޑް ވިޗް

ޕާން
1 ޖޯޑް ކުކުޅު (ޝްރެޑެޑް)
ބޭބީ ލެޓިއުސް ( 6ފަތް)
އޮރެގާނޯ   (މޭޒު މަތީ ސަމްސާއެއްގެ ދެބައިކޮށްފަ އެއްބައި)
ލޮނު ކޮޅެއް ( ރަހަލާވަރަށް)
5 ޗެރީ ޓޮމާޓް
ބަޓަރ (  2 މޭޒު މަތީ ސަމްސާ)
4 ފޮތި ޗީޒް
އެވަކާރޑޯ ( ކޮށާފައި ހަތަރު ފޮތި)
މުގުރި އަސޭމިރުސް ކޮޅެއް
ހިކި މިރުސް ކޮޅެއް ( ރާޅުކޮށް މުގުރާލާފައި)
ސޭންޑް ވިޗް ސޯސް ( 2 މޭޒްމަތީ ސަމްސާ)

ތައްޔާރު ކުރާނެ ގޮތް

އެންމެ ފުރަތަމަ ޕާން ފޮތިތައް ޓޯސްޓްކޮށްލާށެވެ. އެއަށްފަހު ސޭންޑްވިޗަށް ބޭނުންކުރާ ގޮތަށް ހުރިހާ ތަރުކާރީއެއް ކޮށާލާށެވެ.

އެއަށްފަހު ޗިކަން ކޮޅާ  ކޮށާފަހުރި ތަރުކާރީ އަދި ސޭންޑްވިޗް ސޯސް، އަދި  ހިކި މިރުސްކޮޅާ އޮރެގާނޯ ކޮޅު ލޮނާއެކު މިކުސް އެއްކޮށްލާށެވެ.

އެއަށްފަހު ޓޯސްޓް ކޮށްފަ ހުރި ޕާން ގޮތި ތަކުގައި ބަޓަރ ހާކާލާށެވެ. އަދި އެއަށްފަހު ލެޓިއުސް ފަތް އޭގެ މަތީގައި ބޭއްވުމަށްފަހު ތައްޔާރުކުރި މަސްގަނޑު ލެޓިއުސް ފަތްމައްޗަށް އަޅާލާށެވެ.

އަދި އޭގެ މަތީ ގައި އެވަކާޑޯ ފޮއްޗާއި ޗީޒް ފޮތި ބާއްވާށެވެ. އަދި އޭގެ މައްޗަށް އަސޭމިރުސްކޮޅެއް އަޅާލާށެވެ. އޭރުން އެއޮތީ ޗިކަން ޗީޒް ސޭންޑްވިޗް ތައްޔާރުކުރެވިފައެވެ.

އިތުރަށް މީރުކޮށްލަން ސޭންޑްވިޗަށް ކިއުކަންބާ ފޮތި، ފިޔާ، ނޫނީ ޓޮމާޓޯވެސް ލެވިދާނެއެވެ.