ސެލަޑަކީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ އެއްޗެކެވެ. މި ގެނެސްދޭ ސެލެޑަކީ  ވަރަށް ފައިދާހުރި މީރު އެހާމެ ފަސޭހައިން ތައްޔާރުކޮށްލެވޭނެ އެއްޗެކެވެ.

އެގޮތުން އެންމެ ދިހަ މިނެޓުން ތައްޔާރުކޮށްލެވޭ މި ސެލެޑްގައި ހިމެނެނީ ކެލޮރީސްއެވެ.
ދެމީހުންނަށް ވާ ވަރަށް މި ސެލެޑް ތައްޔާރުކޮށްލުމަށް  ބޭނުންވާނެ ތަކެއްޗަކީ:
3 އާފަލު
2 މޭޒްމަތީ ސަމްސާގެ މާމުއި
2 މޭޒްމަތީ ސަމްސާގެ ރޯސްޓެޑް ކެޝޫ ނަޓްސް
1 ޖޯޑް ލޯފެޓް ކްރީމް
½ ޖޯޑް ކްރޭން ބެރީ
2 މޭޒް މަތީ ސަމްސާ އާމަންޑް ނަޓސް

ތައްޔާރުކުރާނެ ގޮތް

އެއްމެ ފުރަތަމަ އާފަލުތައް ދޮވުމަށްފަހު ބޭނުންވާ ގޮތަކަށް ކުޑަކޮށް ކޮށާލާށެވެ.
އަދި ކްރޭންބެރީ، އާމަންޑް އަދި ކެޝޫވެސް ކުޑަކޮށް ކޮށާލާށެވެ. އަދި މިހުރިހާ އެއްޗެއް ބޯތައްޓަކަށް އަޅާލާށެވެ.

އެހެން ތައްޓެއްގައި ލޯފެޓް ކްރީމް، މާމުއި ބޭނުން ނަމަ ކުޑަ އެސެންސް ކޮޅެއް ކްރީމަށް ވަންދެން ރަނގަޅަށް މިކްސްކޮއްލާށެވެ.  މި ކްރީމް ގަނޑު ކުރިން ކޮށާލި އާފަލު،އާމަންޑް، ކްރޭންބެރީ އަދި ކެޝޫގެ ތެރެއަށް އަޅާ ރަނގަޅަށް މިކްސްކޮއްލުމަށްހު ފްރިޖަށްލާށެވެ.
މި ސެލެޑް އެންމެ މީރުވަނީ ފިނިކަން ހުންނަ އިރުގައެވެ.