ހުދު ބޫޓަކީ ވަރަށް ގިނަ މީހުންނަށް ކަމުދާ އެއްޗެކެވެ. ނަމަވެސް އެ ހާ އަވަހަށް ދާވެސް ވާ އެއްޗެވެ. އެންމެ ބޮޑު އުދަނގުލަކަށް ވެފައި ވަނީ ސާފުކޮށް ހުދުކޮށް ދެވަނަ ފަހަރަށް އެ ދޮވުމެވެ.
ބޫޓް ހުދުކޮށް ދޮވެލާނީ މިހެންނެވެ.
އެންމެ ފުރަތަމަ ބޫޓްގެ ކިލާ ފިލުވާލާށެވެ.
ހުދު ބޫޓް ރީތިކޮށް ދޮވުމަށް އެންމެ ފުރަތަމަ ބޫޓްގައި ހަރުލާފަ ހުރި ކިލާ ރީތިކޮށް މަޑު ބުރުހަކުން ސާފުކޮށްލާށެވެ. މީގެ ސަބަބުން ދޮންނަ އިރު ބޫޓް ތެރެއަށް ކިލާ ނޭޅޭނެއެވެ.
ސާފުކުރަން ޕޭސްޓެއް ތައްޔާރުކޮށްލާށެވެ.
ކުޑަ ފެންފޮދެއްގެ ތެރެއަށް އެއް ސަމްސާ ބޭކިންސޯޑާ، އެއްޗިހި ދޮންނަން ބޭނުން ކުރާ ޑިޓަރޖެންޓް ސަމްސަލެއް އެއްކޮށްލާ ޕޭސްޓް ތައްޔާރުކޮށްލާށެވެ. ބޭނުން ނުކުރާ ދަތް އުގުޅާ ބުރުހަކުން މި ޕޭސްޓް ބޭނުންކޮށްގެން ބޫޓް ދޮވެލާށެވެ.
މީގައި ބޫޓްގައި ހުންނަ ކިލާ އަދި މިލަކަން ވެސް ރަނގަޅަށް ސާފުވާނެއެވެ.
ކުދި ލައްތަކަށް ދަތް އުނގުޅާ ބޭސް ބޭނުންކޮށްލާށެވެ.
ހުދު ދަތްއުގުޅާ ބޭހަކީ ވަރަށް ގިނަ ފަހަރު ލައްތައް ފިލުވުމަށް ބޭނުންކުރާ އެއްޗެކެވެ. ދަތް އުގުޅާ ބޭސް ހާކާނީ ބޭނުން ނުކުރާ ދަތް އުނގުޅާ ބުރުހަކުންނެވެ. މި ހާކާނީ ބޫޓް ތަންތަނުގައި ޖެހުމުގެ ސަބަބުން ހެދިފައި ހުންނަ ލައްތަކުގައެވެ. ބޭސް ހާކާލުމަށްފަހު ނުދޮވެ އިރުކޮޅަކަށް ބަހައްޓާށެވެ.
ބޫޓް ފޮހެލުމަށް ފޮތިކޮޅެއް ބޭނުންކުރާށެވެ.
ބޫޓް ދޮންނަން ބޭނުންކުރި ޕޭސްޓާއި، ދަތް އުނގުޅާ ބޭސް ރަނގަޅަށް ބޫޓުން ފޮހެލަން ޖެހޭނެއެވެ ބައެއް ފަހަރު ދޮވުނަސް އޭގެ އަސަރު ބޫޓްގައި އެކި ތަންތަނުގައި ހަރުލާފައި ހުރެއެވެ. ސާފު ފޮތިކޮޅެއް ބޭނުންކޮށްގެން ބޫޓް ރީތިކޮށް ފޮހެލާށެވެ.
ބޫޓް ރަނގަޅަށް ހިއްކާށެވެ.
ހުދު ބޫޓް އަވީގައި ހަދަ ހޫނުން ހިއްކުން ރަނގަޅެއް ނޫނެވެ. އަވިން ހިއްކައިފި ނަމަ ބައެއް ފަހު ރީދޫލައް ޖެހޭ ގޮތްވާނެއެވެ. އޭގެ ބަދަލުގައި ރަނގަޅަށް ވައިދައުރުވާ ހިޔާތަނެއްގައި ބޫޓް ބަހައްޓައިގެން ހިއްކާލާށެވެ. ބޫޓް އޭގެ ޝޭޕްގައި ހިއްކުމަށް ކަރުދާސް ގަނޑެއް ނުވަތަ ނޫސް ކަރުދާހެއް ބޫޓްގައި އޮޅާލާށެވެ.
މިގޮތަށް އަމަލުކޮށްފިނަމަ ހުދު ބޫޓްގައި ލައްނެތި ރީތިކޮށް ދޮވެވޭނެއެވެ. މީގެ އިތުރުންވެސް ބޫޓް ހުދުކޮށް ގިނަ ދުވަހު ބެހެއްޓުމަށް މާބޮޑަށް ބޫޓް ހަޑި ނުވަނީސް ސާފުކުރާށެވެ. އެގޮތުން ދެތިން ފަހަރު ލުމަށްފަހު ބޫޓްގެ ކިލާ ސާފުކޮށްލާށެވެ. އަދި ހަފްތާއަކުން ހަފްތާއަކުން ބޫޓް ރަނގަޅަށް ދޮންނަން ވާނެއެވެ.
