ޕާނުން ތައްޔާރުކުރާ ފޮނި އެއްޗަކީ ގިނަ ބަަޔަކަށް ކަމުދާ އެއްޗެކެވެ. އަދި ކަސްޓަޑަކީވެސް ދިވެހިންގެ މެދުގައި މަގުބޫލު އެއްޗެކެވެ. މިއަދު ތައްޔާރުކޮށްލާނީ މިދެބާވަތް އެކުލެވޭ ފޮނިއެއްޗެއް ކަމަށްވާ ބްރެޑް ކަސްޓަރޑްއެވެ.

ބޭނުންވާނެ ތަކެތި

ހަތަރު ފޮތި ޕާން
½ ޖޯޑް ކުކިން އޮއިލް
1 ސަމްސާ ބަޓަރ
2 ޖޯޑް ކިރު
5 ސައިސަމްސާ ހަކުރު
¼ ސެފްރޯން
4 ބައިކޮށްފައި
2 ސައިސަމްސާ  ކަސްޓަޑް ޕައުޑަރ
½ ޖޯޑް ކިރު

ތައްޔާރުކުރާނެ ގޮތް

ޕާން ފޮތިތައް ކައިރި ކޮށާލާށުމަށްފަހު ކޮންމެ ފޮއްޗެއް ހަތަރު ފަޅި ކޮށާލާށެވެ.

ތަވަޔަކަށް ތެޔޮ އަޅާލުމަށްފަހު  އޭގެ ތެރެއަށް ބަޓަރ ސަމްސާ އެއް އަޅާލާށެވެ.

ތެލާއި ބަޓަރ ކޮޅު ހޫނުވުމުން ކޮށާލި ފާން ފޮތިތައް އޭގެ ތެރެއަށް އަޅާ ރަތްވާވަރަށް ތެލުލާށެވެ. އުނދުން ބަހައްޓަންވަނީ މެދުމިނުގައި ހޫނުމިންވަރަކަށެވެ. ޕާންތައް ރަތްވުމުން ތެޔޮ އެތިން ނަގާ ތެޔޮ ފުރޭނޭ ކަހަލަ ތައްޓަކަށް ލާފައި ބަހައްޓާށެވެ.

ދެން ވަކިން ތެއްޔަކަށް ކިރު އަޅާލުމަށްފަހު އޭގެތެރެއަށް ހަކުރުކޮޅު އަޅާ މަޑުގިނީގައި ހަލަމުން ކައްކާށެވެ.

އަދި ކައްކަމުންދާއިރު ސެފްރޮންކޮޅު ވެސް އެއްކޮށްލާށެވެ. ވަކިން ބޯތައްޓަކަށް ކަސްޓަޑް ޕައުޑަރ އެޅުމަށްފަހު އޭގެ ތެރެއަށް ކިރު އަޅާ ރަނގަޅަށް އެއްކޮށްލުމަށްފަހު މަޑުގިނީގައި ކައްކަމުންދިޔަ ކިރު އެތީގެ ތެރެއަށް މިކްސްކޮށްލާށެވެ.

އެއަށްފަހު ކިރުއެތި އޮލަ ވަންދެން ކައްކަމުންދާށެވެ އަދި އެ ކަސްޓަރޑްއަށް ވުމުން އުދުންމަތިން ބާލާށެވެ.

ކުރިން  ރަތްކޮށްލި ފާން ފޮތިތައް ޓްރޭއެއްގައި އަތުރާލުމަށްފަހު އޭގެ މައްޗަށް ކަސްޓަޑް އަޅާލުމަށްފަހު ބޭނުންވާ ވައްތަރެއްގެ ޑްރައި ނަޓްސް އޭގެ މައްޗަށް ބުރުވާލާށެވެ. އޭރުން އެހެރީ ބްރެޑް ކަސްޓަރޑް ތައްޔާރުކޮށްލެވިފައެވެ.