ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ބަހާ މަސްދަޅު ކޭސްތައް ބެހުމުގެ އެންމެ ފަހުގެ މަސައްކަތް ނިމުނުއިރު، 1،13،380 މަސްދަޅު ކޭސް ބަހާފައިވާ ކަމަށް ލޯކަލް ގަވާމަންޓް އޮތޯރިޓީގެ މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ މިއަހަރު ރޯދަ ހަދިޔާގެ ގޮތުގައި މާލޭގެ ގޭބިސީތަކަށް 55،667 ދަޅު މަސްކޭސް އަދި އަތޮޅުގެ ރަށްތަކަށް 57،715 މަސްދަޅު ކޭސް ބަހާފައިވާ ކަމަށެވެ.
ވޭތިވެދިޔަ އަހަރާއި މި އަހަރުގެ ރޯދަހަދިޔާ މަސްދަޅުކޭހުގެ ތަފާސް ހިސާބުތަކަށް އަލިއަޅުއްވައިލައްވަމުން އާދަމް ޝަރީފް ވިދާޅުވީ ނިމިދިޔަ 2025 ގައި ގޭބިސީތަަށް ފޮނުވުމަށް 60،712 ކޭސް އަތޮޅުތަކަށް ފޮނުވި ކަމަށާއި އަދި މި އަހަރު 57،715 ކޭސް މަސްދަޅު ފޮނުވި ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، މިދިޔަ އަހަރަށް ބަލާއިރު އަތޮޅުތަކަށް މަސްދަޅު ކޭސް ފޮނުވި އަދަދުވަނީ 2997 އަށް މަދުވެފައި ކަމަށެވެ.
”މިދިޔަ އަހަރު މާލޭގެ ގޭބިސީތަކަށް 55،525. މި އަހަރު 55،667 ދަޅު މަސްކޭސް ވަނީ ބަހާފައި. މި އަހަރު 142 މަސްދަޅު ކޭސް ވަނީ މާލެ ސަރަހައްދުގައި އިތުރަށް ރޯދަ ހަދިޔާގެ ގޮތުގައި ބަހާފައި.“ އާދަމް އާދަމް ޝަރީފް ވިދާޅުވިއެވެ.
1146 ވަނަ އަހަރު 1،11،237 މަސްދަޅުކޭސް ބަހާފައިވާއިރު، މި އަހަރު 1،13،382 ބަހާފައިވުމުން، ދެ އަހަރަށް ނިސްބަތްކޮށްފި ނަމަ މި އަހަރުވަނީ 2145 ކޭސް މަސްދަޅު އިތުރަށް ބަހައިފައެވެ.

