އޯރިއޯ ބިސްކޯދުން ތައްޔާރުކޮށްލާ ފޮނި އެއްޗިހި ތަކަކީ އަނގަޔަށް މީރު އެހާމެ ފަސޭހައިން ތައްޔާރުކޮށްލެވޭ ތަކެއްޗެވެ. އެގޮތުން މިއަދު ތައްޔާރުކޮށްލާނީ އޯރިއޯ ފަޖްއެވެ.
ބޭނުންވާނެ ތަކެތި
20 އޯރިއޯ ބިސްކޯދު
3 ޖޯޑު ވައިޓް ޗޮކްލެޓް ޗިޕްސް
1 ދަޅު ގެރިކިރު
1 ސައި ސަމުސާ ވެނިލާ އެސެންސް
ތައްޔާރުކުރާނެ ގޮތް
އޯރިއޯ ބިސްކޯދުތައް ތައްނުލަވާ ޓްރޭއެއްގައި އަތުރާލާށެވެ. ބޭނުންނަމަ ބިސްކޯދެއް ހަތަރުފަޅި ކޮށްފަވެސް އެތުރިދާނެއެވެ.
އެއަށްފަހު ތަތްނުލަވާ ތަވައަކަށް ގެރިކިރާއި ޗޮކްލެޓްއަޅާލާށެވެ. ޗޮކްލެޓް މެލްޓްވަންދެން މަޑުގިނީގައި ކައްކާލާށެވެ. ކައްކަމުންދާއިރު ތެލީގައި ފުލުގައި ތަތްވިޔަ ނުދިނުމަށް ހަނދާންބަހައްޓަން ވާނެއެވެ.
ޗޮކްލެޓް މިކްސްޗަރ ތައްޔާރުކޮށް ނިންމާލުމަށްފަހު އޭގެ ތެރެއަށް ބިސްކޯދުގެ އެއްބައި އަޅާލާށެވެ. ދެން ރަނގަޅަށް މިކްސް ކޮށްލުމަށްމަހު ޗޮކްލެޓް ހިހޫވުމުގެ ކުރިން، ރެޑީކުރި ޓްރޭ ތެރެއަށް އަޅާލާށެވެ.
އެއަށްފަހު ބާކީ ހުރި ބިސްކޯދުތައް އޭގެ މައްޗަށް އަޅާ ރަނގަޅަށް އަތުރާލާށެވެ.
މިހާރު އެހެރީ އޯރިއޯ ފަޖް ތައްޔާރުކޮށް ނިމިފައެވެ. ދެން 2 ނުވަތަ 3 ގަނޑި އިރުވަންދެން ފްރިޖްގައި ބަހައްޓާ ފިނިކޮށްލާށެވެ.

