ސާފުތާހިރުކަން ކުޑަވުމުން ”ބިލެތްމާ ޓޭސްޓީ“ގެ މަސައްކަތް ހުއްޓާލަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އަންގައިފިއެވެ.

މިކަމާ ގުޅިގެން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެފައިވަނީ އެ އޮތޯރިޓީއަށް ލިބުނު ޝަކުވާއަކާ ގުޅިގެން ތެލުލި ފަތް، ކޮށި މަސް، ކުޅި ކާޖާ، ރިހާކުރު އަދި މިނޫނަސް މިފަދަ ބާވަތްތަކުގެ ބަންދުކުރި ކާބޯތަ ކެތި އުފައްދާ މާކެޓް ކުރުމުން އަންނަ “ ބިލެތްމާ ޓޭސްޓީ“ ނަމަކަށް ކިޔާ ތަނެއް ބަލާ ފާސްކުރިއިރު އެތަނަކީ އާންމު ސާފުތާހިރުކަން ދަށް އަދި ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑަށް ނުފެތޭ ތަނެއްކަން ފާހަގަކުރެވިފައިވާކަމަށާއި، އެ ތަނުގައި ކުރަމުންއައި މަސައްކަތް ވަގުތުން ހުއްޓާލުމަށް އަންގާފައިވާކަމަށެވެ.

އެ އޮތޯރިޓީން ބުނެފައިވަނީ އެފަދަ ތަންތަން ކާބޯތަކެތީގެ ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އެ އޮތޯރިޓިގައި ރަޖިސްޓްރީކުރަން ލާޒިމްވި ކަމުގައި ވީނަމަވެސް އެތަނަކީ ރަޖިސްޓަރކޮށްފައިވާ ތަނެއް ނޫންކަމަށެވެ.

އެހެންކަމުން ރައްކާތެރުކަމުގުގެ ފިޔަވަޅެއްގެ ގޮތުން އެފަރާތުން މާކެޓް ކުރާ ކާބޯތަކެތި ބޭނުން ނުކުރުމަށާއި ނުވިއްކުމަށް އެމްއެފްޑީއޭ އިންވަނީ ”ބިލެތްމާ ޓޭސްޓީ“ގެ ބާއްވަތްތައް މާކެޓްކޮށް އަދި ވިއްކާ ފަރާތްތަކަށް އަންގާފައެވެ.

ރާއްޖޭގައި ވިއްކާ މިފަދަ ތަކެއްޗާއި، ކާބޯތަކެތީގެ ވިޔަފާރިކުރާ ތަންތަން އާއްމު ސާފުތާހިރުކަމަށް ފެތޭތޯ އެތަންތަން ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑަށް ނުފެތޭ އެމްއެފްޑީއިން ބަލާފާސްކުރެއެވެ.

މި ޝަރުތުތަކަށް ނުފެތޭނަމަ އެފަދަ ތަންތަނުން ހިދުމަތް ހުއްޓުވާ އެތަންތަން ވަގުތީގޮތުން ބަންދުކުރުމަށް އެއޮތޯރިޓީން އަންގައެވެ.