ރ. ހުޅުދުއްފާރުގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރު އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ސެންޓަރުގެ ބިންގާ އަޅުއްވައި ދެއްވީ ލޯކަލް މިނިސްޓަރު އާދަމް ޝަރީފެވެ.

މި މަޝްރޫއުގެ ދަށުން ނުރައްކާތެރި ކުނި ރައްކާކުރާ ސަރަހައްދު ރިނޮވޭޓް ކުރުމާ އެކު އޮފީސް އިމާރާތެއް އަޅާނެއެވެ.

ޖުމްލަ 90 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ އަގަކީ 1.76 މިލިއަން ރުފިޔާއެވެ.

ހުޅުދުއްފާރުގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރު ގާއިމުވެގެން ދިއުމުން އެ ރަށުގައި އުފެދޭ ކުނި ރައްކާތެރި ގޮތުގައި މެނޭޖްކޮށް، ރަށުގެ ސާފު ތާހިރުކަން އިތުރުވެގެން ދާނެއެވެ.