ރޯދަ ވީއްލާ ވަގުތު ޖެހޭއިރުވެސް ބަދިގެއިން ސަލާމަތްނުވެވެޔޭ މީ ރޯދަމަހު ވަރަށް ގިނައިން ކުރާ ޝަކުވާއެކެވެ.

ބަދިގެއަށް ވަންނަން ޖެހުމުން މުޅި ދުވަހުގައި އެހެން ކަމެއް ނުކުރެވޭ ވާހަކަވެސް މީ އާންމުވާހަކައެވެ.ރޯދަމަހަކީ އަޅުކަމަށް ގިނަ ވަގުތު ހުސްކުރަންޖެހޭ މަހަކަށް ވާތީ، ބަދިގޭގައި ހޭދަވާ ވަގުތު މަދުކޮށް، ވަގުތު މެނޭޖްކުރުމަށް ތިރީގައިވާ ކަންތައްތަކަށް ސަމާލުކަން ދެވިދާނެއެވެ.

  1. ކާނާގެ މެނޫ ކުރިއަށް ރޭވުން
    މުޅި ހަފުތާއަށް ބޭނުންވާނެ މެނޫ ކުރިއާލާ ތައްޔާރުކުރުމުން، ކޮންމެ ދުވަހަކު ”މިއަދު ކައްކާނީ ކޮން
    އެއްޗެއްތޯ“ ވިސްނަން ހޭދަވާ ވަގުތު ސަލާމަތްވާނެއެވެ.
  2. ތަކެތި ތައްޔާރުކޮށްފައި ބެހެއްޓުން
    ކެއްކުމުގައި އެންމެ ގިނަ ވަގުތު ހޭދަވާ އެއްކަމަކީ ކޮށަން ޖެހޭ އެއްޗިއްސަށް ހޭދަވާ ވަގުތެއެވެ. މި ވަގުތު ސަލާމަތް ކުރުމަށް ފިޔާ، މިރުސް، އިނގުރު އަދި ލޮނުމެދު ފަދަ ތަކެތި ކޮށާފައި ނުވަތަ މުގުރާފައި އައިސްއަލަމާރީގައި ބެހެއްޓިދާނެއެވެ. ގިނަ ދުވަހަށް ބޭނުންކުރެވޭ ގޮތަށް ހަވާދު ނުވަތަ ރިހަ ކެއްކުމަށް ބޭނުންވާ ޕޭސްޓާއި އަދި ހެދިކާ ހަދަން ބޭނުންވާ ސާމާނު ތައްޔާރުކޮށް ހަފްތާ ބަންދުގައި ޕްރީޒްކޮށްފައިވެސް ބެހެއްޓިދާނެއެވެ.
  3. ބޮޑެތި ބެޗްތަކުން ކެއްކުން
    ބައެއް ބާވަތްތަކުގެ ކާނާ (މިސާލަކަށް ރިހަ، ގަރުދިޔަ، ނުވަތަ ސޯސް) ގިނައިން ކެއްކުމަށްފަހު،
    ބައިބަޔަށް އަޅާފައި ފްރީޒްކުރުމުން އެހެން ދުވަސްދުވަހު ހަމައެކަނި ހޫނުކޮށްލައިގެން ބޭނުންކުރެވޭނެއެވެ.
  4. ބަދިގޭގެ ސާމާނު ބޭނުންކުރުން
    ބަދީގޭގައި ބޭނުންކުރާ އިލެކްޓްރޯނިކު ސާމާނުތައް ބޭނުންކުރާށެވެ. އެގޮތުން ސަލާމަތްކުރުމަށްޓަކައި އެއަރ ފްރަޔަރ، ޕްރެޝަރ ކުކަރ، އަދި ފުޑް ޕްރޮސެސަރ ފަދަ ތަކެތީގެ ބޭނުން ހިފުން މުހިންމެވެ. މިއީ މަސައްކަތް އަވަސްކޮށްދޭނެ ވަސީލަތްތަކެކެވެ.
  5. ސާފުތާހިރުކަން ދެމެހެއްޓުން
    ބައެއް މީހުން ކައްކާއިރު ބޭނުންކުރާ ތަކެތި އެންމެ ފަހުވަގުތު ދޮންނަން ބަހައްޓައެވެ. އަދި އެއްޗެހި ކޮށާއިރު އޭގެއިން އުފެދޭ ކުނިވެސް އެންމެ ފަހުވަގުތު ނަގަން ބަހައްޓައެވެ. އޭގެ ބަދަލުގައި ކައްކަމުންދާއިރު ބޭނުންކުރާތަކެތި ވަގުތުން ދޮންނަން އާދަކުރާށެވެ. އަދި ކެއްކާއިރު އެ އުފެދޭ އެކި
  6. ހާރުގެ ކެއުން ކުރިން ތައްޔާރުކުރުން
    ހާރަށް ބޭނުންވާ ތަކެތި ރޭގަނޑު ތައްޔާރުކޮށްފައި ބެހެއްޓުމުން، ދަމުނަމާދާއި އަޅުކަމަށް އިތުރު ވަގުތު ލިބިގެންދާނެއެވެ. މިސާލަކަށް ބައިޕެން ނުވަތަ އޯޓްސް ފަދަ ތަކެތި ކުރިން ތައްޔާރުކުރެވިދާނެއެވެ.
  7. އާއިލާގެ އެހީތެރިކަން ހޯދުން
    ބަދިގޭގެ ހުރިހާ މަސައްކަތެއް އެކަކު ކުރުމުގެ ބަދަލުގައި، އާއިލާގެ އެހެން މެންބަރުންގެ އެހީތެރިކަން ހޯދުމަކީ ވަގުތު ސަލާމަތްވެ، އެންމެންނަށް ވެސް ލުއިވާނެ ގޮތެކެވެ.