އާންމު ފެރީތަކާއި ރައްޔިތުންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދޭން ނިންމާފައިވާކަމަށް އެސްޓީއޯއިން ބުނެފިއެވެ.
އެގޮތުން އެސްޓީއޯގެ މީޑިއާ އޮފިޝަލް ވިދާޅުވެފައިވަނީ އާންމު ފެރީތަކާއި ރައްޔިތުންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދޭން އެކުންގުނިން ނިންމާފައިވާ ކަމަށާއި، އަދި މާލޭ ސަރަހައްދުގައި ހިދުމަތް ދެމުންދާ އެފްއެސްއެމްގެ ޝެޑްތަކުން ވިއްކާ ތެލުގެ އަގު ބޮޑުކޮށްފައިނުވާ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
އަދި އެސްޓީއޯ އިން ތެޔޮ ގަނެ އަތޮޅުތަކުގައި އެ ހިދުމަތް ދޭ ފަރާތްތަކަށް ވެސް ކުރީގެ އަގުގައި ތެޔޮ ވިއްކުމަށް ނިންމާފައިވާ ކަމަށް އޭނާ ފާހަގަކޮށްފައިވެއެވެ.
އަދި މަސްވެރިންނަށްވެސް ތެޔޮ ފޯރުކޮށްދެމުންދަނީ ކުރީގެ އަގުގައި ކަމަށާއި މިއީ ސަރުކާރުގެ ނިންމުމަށް ރައްޔިތުންނަށް އޮތް މާލީ ބުރަ ކުޑަކުރުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށްވެސް އެސްޓީއޯ އިން ބުނެފައިވެއެވެ.
އެމެރިކާއާއި އިޒްރެއިލް އިސްވެ އޮވެ އީރާނާއި ދެކޮޅަށް ކުރާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ވަނީ ތެޔޮލިބުން ދަތިވެ ތެލުގެ އަގުވަނީ އިންތިހާއަށް އުފުލިފައެވެ.
މިކަމުގެ އަސަރު ރާއްޖެއަށްވެސް ކޮންމެވެސް ވަރަކަށް ކުރަމުންދާއިރު، ރާއްޖެއަށް ތެޔޮލިބޭނެ އިތުރު ގޮތްތައް ހޯދުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ.
އަވައްޓެރި ގައުމުތަކުން މިހާރުއްސުރެ ދަނީ ތެލާއި، ގޭސް ރައްޔިތުންނަށް ވިއްކާ މިންވަރު މަދުކޮށް ތެޔޮ ބޭނުންކޮށްގެން ކުރާ ދަތުރުތައް މަދުކުރުމަށް އަންގާފައެވެ.

