އިލެކްޝަން ކޮމިޝަން އީސީ) ގެ އިންތިހާބާ ބެހޭ މަރުކަޒުގެ އިމާރާތުގެ ކައިރީގައި ރޭ ހިނގި އަލިފާނުގެ ބޮޑު ހާދިސާއާ ގުޅިގެން އެތަނުގައި ކުރަމުން އައި މަސައްކަތްތައް ސޯޝަލް ސެންޓަރަށް ބަދަލު ކުރުމަށް ފަހު، އަލުން ވޯޓާސް ލިސްޓްގައި ކެންޑިޑޭޓުންފެ ފަރާތުން ސޮއި ކުރިން ކުރިއަށް ގެންދަން ފަށައިފިއެވެ.
އިންތިހާބީ މަރުކަޒާ ޖެހިގެން އިން ގުދަނެއްގައި ރޯވި ހާދިސާއާ ގުޅިގެން ވޯޓާސް ލިސްޓްގައި ސޮއި ކުރިން ވަނީ ރޭ ވަނީ މެދުކަނޑާލައިފައެވެ. ސޮއި ކުރަން ހުޅުވައިލީ އަންގާރަ ދުވަހުއެވެ.
އީސީން ބުނީ ސޯޝަލް ވޯޓާސް ލިސްޓްގައި ސޮއި ކުރުން ކުރިއަށް ގެންދާނީ ކޮންމެ ދުވަހަކުވެސް ހެނދުނު 10:00 ހަވީރު 3:00 އަށް، އަދި ރޭގަނޑު 9:30 އިން 12:00 އަށް ކަމަށެވެ.
ވޯޓާސް ލިސްޓްގައި ސޮއިކުރުމުގެ މަސައްކަތް އަލުން ކުރިއަށް ގެންދާއިރު އަލިފާނުގެ ހާދިސާއާ ގުޅިގެން އިންތިހާބުގެ އެއްވެސް ކަމަކަށް ބުރުލެއް ނާރާނެ ކަމަށް އީސީން ބުނެފައިވެއެވެ.
އަންނަ މަހުގެ 4 ގައި ތިން ވޯޓެއް ނަގާނެއެވެ. އެއީ ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓި އަށް މެންބަރުން ހޮވުމުގެ އިތުރުން ރިޔާސީ އިންތިހާބާއު މަޖިލިސް އިންތިހާބުގައި އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ނަގާވޯޓެވެ.

