މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވުން ހުއްޓުވުމަށް ކުރާ މަސައްކަތުގެ ތެރެއިން މަޖިލިސް މެންބަރުންގެ ތެރެއިން ވަކި އިންސައްތަ އަކީ 30 އަހަރުން ދަށުގެ ޒުވާނުންނާއި އަންހެނުންނަށް ހެދުމަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ވިދާޅުވީ މަޖިލީހުގައި މިހާރު ވަކި އަދަދެއް ޒުވާނުންނާއި އަންހެންނުންނަށް ނޯންނާނެ ކަމަށާއި، ނަމަވެސް ކުރިއަށް އޮތް ތާނގައި މަޖިލިސް މެންބަރުންގެ އަދަދާއި މަޖިލިސް މެންބަރުންގެ އަދަދު އިތުރުން ހުއްޓުމަކަށް ގެނައުމަށް މަޖިލިސް މެންބަރުންގެ ތެރެއިން ވަކި އަދަދެއް 30 އަހަރުގެ ޒުވާނުންނަށް އަދި ވަކި އަދަދަކަށް ހެދުމަށް އިސްލާހު ހުށަހަޅަން ގަސްތުކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުންވެސް ބިލަށް އިތުރު އިސްލާހުތައް ވެސް ހުށަހަޅަން ނިންމާފައިވާކަމަށާއި، އެގޮތުން މިނިވަންކަން މުއައްސަސާތަކުގެ މިނިވަންކަން އިތުރަށް ހަރުދަނާ ކުރުމަށް ގާނޫނުތަކަށް އިސްލާހު ހުށަހަޅާ، ޖުޑީޝިއަރީ އިތުރަށް މިނިވަންކޮށް ރިފޯމްކުރުމަށް ވެސް މުހިންމު އިސްލާހު ތަކެއް ހުށަހަޅަން ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

