ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން މާލޭ ދާއިރާތަކަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރިއަށްގެންދާ ”ދޮރުންދޮރަށް“ހަރަކާތުގައި ބައިވެރިވެ ވަޑައިގެން ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު މާލޭގެ ގަލޮޅު އުތުރުގެ ރައްޔިތުންނާއި ބައްދަލުކުރައްވައިފިއެވެ.

މި ހަރަކާތުގެ ތެރެއިން މިއަދު ގަލޮޅު އުތުރަށް ރައީސް ވަޑައިގެންފައިވާއިރު މާލޭގެ ދައިރާތަކަށް ވަޑައިގެން
ރައްޔިތުންނާއި ވަނީ ބައްދަލުކުރައްވާފައެވެ.

މަޖީދީ މަގުގެ އޮލިމްޕަސް ކުރިމަތިމް ފެށި މި ހަރަކާތުގައި ރައީސްގެ އަރިހުގައި މިނިސްޓަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، މާލޭ ޕީއެންސީން މާލޭ ސިޓީގެ މޭޔަރަކަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލާއި މާލޭގެ އެކި ދާއިރާގެ ގޮނޑިތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

ކެމްޕެއިން ހަރަކާތުގެ ތެރެއިން ރައީސް ވިލިމާލެއަށް ވަޑައިގެންފައިވާއިރު، މިސަރުކާރުން ގަލޮޅު އުތުރުގެ ތަރައްގީއަށް ވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކުރިއަށް އޮތް އިންތިހާބަށް އެޕާޓީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މާލެ ހިމެނޭ ދާއިރާތައް ފިޔަވައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެސް ޕީއެންސީން ކެންޕެއިން ހަރަކާތްތައް ހިންގަމުންނެވެ.

މި ކެމްޕެއިން ހަރަކާތްތަކަށް ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު، މި ހަރަކާތްތަކުގައި ޕީއެންސީގެ އިސްސަފުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބައިވެރިވެ އެ ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓްދޭންވީ ސަބަބުތައް ހާމަކުރެއެވެ.

ޕީއެންސީއަށް ވަނީ އިންތިހާބަކާ ނުލައި، މިހާތަނަށް ފަސްދޮޅަސް ނުވަ ގޮނޑި ކަށަވަރުވެފައެވެ.