ސަރުކާރުން ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ފެށީ މިއަހަރު ޖެނުއަރީ މަހުގެ ފަހުކޮޅުއެވެ. އެ މަސައްކަތް ކުރަނީ އެމްއޭސީއެލްއާ ހަވާލުކޮށްގެންނެވެ.
ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވައިލެއްވުމަަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގިރާވަރުފަޅަށް ބައެއް ވަޒީރުންނާއި މާލެ ދާއިރާގެ މަޖިލިސް މެންބަރުންނާއި އެމްއޭސީއެލްގެ އިސްވެރިންނާއެކު ކުރެއްވި ޒިޔާރަތުގެ ތެރެެއިން މީޑިއާތަކަށް ދެއްވި އިންޓަވިޔުއެއްގައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ، ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށްގެންގޮސް ނިންމާލުމަށް ސަރުކާރުން އިސްކަމެއް ދެއްވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ގިރާވަރުފަޅުން ގޯތި ދޭން ވެގެން ހަދާފައިވާ ލޭންޑް ޔޫޒް ޕްލޭނަކީ މީހުން ދިރިއުޅޭ އާބަން ސިޓީއަކަށް އެކަށީގެންވާ ގޮތަށް ތައްޔާރުކޮށްފައިވާ ޕްލޭނެއް ނޫން ކަމަށެވެ.
އަދި ވިދާޅުވީ، ކުރިއަށްއޮތް ތިން ހަފުތާގެ ތެރޭ ބިން ހިއްކައި ނިމުމުން ގޯތި ދޫކުރަން ފަށާނެ ކަމަށެވެ.

