ގދ. ފިޔޯރީގައި ދާ ޖަހައިގެން މަސް ހިފަން އުޅުނު އުމުރުން ދުވަސްވީ މީހަކު ގެނބިގެން ނިޔާވެއްޖެއެވެ.

ފުލުހުން ބުނީ ފިޔޯރީގައި ދާޖަހައިގެން މަސް ހިފަން ގޮސް އުޅުނު މީހަކު ގެނބިގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިވަނީ އިއްޔެ މެންދުރުފަހު 13:42 އެހައިކަންހާއިރު ކަމަށެވެ.

މި ހާދިސާގައި ނިޔާވީ، ގދ. ފިޔޯރީ، ގަހާކޯޅި، މުޙައްމަދު ޙުސައިން (79އ) އެވެ.

އެ ރަށު ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ބުނީ، މުހައްމަދު ހުސައިން ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުން ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.