ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އާ ޑައިލިސިސް ސެންޓަރު ހުޅުވައިފިއެވެ.

ޑައިލިސިސް ސެންޓަރ މިއަދުގެ ރައީސުލްޖުމުހޫރިއްޔާގެ އަނބިކަބަލުން މެޑަމް ސާޖިދާ މުހައްމަދު ހދ އަތޮޅަށް ކުރައްވާ ދަތުރުފުޅު ތެރެއިން މިއަދު ކުޅުދުއްފުއްޓަށް ވަޑައިގެންނެވެ.

އާ ޑައިލިސިސް ސެންޓަރު ހުޅުވަން ބޭއްވުު ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހިމާއި އެ މިނިސްޓްރީގެ އިސް ވެރިންނާއި ކުޅުދުއްފުށީ ހޮސްޕިޓަލްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ.

ޑައިލެސިސް ސެންޓަރ ގެ އިތުރުން މެޑަމް ވަނީ އެ  ހޮސްޕިޓަލްގެ އެމަރޖެންސީ ރޫމް ވެސް ހުޅުވައި ދެއްވާފައެވެެ.

ކުޅުދުއްފުށީ ހޮސްޕިޓަލުގައި އަލަށް ހުޅުވި އައު އިމަރޖެންސީ ރޫމަކީ ޖާގައިގެ ގޮތުން ތަނަވަސް ޒަމާނީ ފެންވަރުގެ ވަސީލަތްތަކާއެކު ހަ އެނދުގެ މައްޗައް އެކުލެވޭ އަދި ޕްރޮސީޖަރ ރޫމަކާއި ސްޓާފް ލައުންޖެއް ހިމެނޭހެން ބަލިމީހުންނަށް ފަސޭހަކަމާއެކު ހިދުމަތް ލިބޭނެހެން ތަރައްގީކޮށްފައިވާ ތަނެކެވެ.

ޑައިލިސިސް ސެންޓަރާއި އެމަރޖެންސީ ރޫމް ހުޅުއްވައިދެއްވުމަށް ފަހު މެޑަމްވަނީ އެ ހޮސްޕިޓަލްގެ ވަސީލަތްތައް ބައްލަވާލައްވާފައެވެ.

2013 ވަނަ އަހަރު ހަތަރު އެނދާއިއެކު އެ ހޮސްޕިޓަލްގެ ޑައިލިސިސް ގެ ހިދުމަތް ފެށި ނަމަވެސް އެ ޔުނިޓް ފުޅާކޮށް   މިއަދު އަށް އެދަށް ވަނީ ބަދަލުވެފައެވެ. އެ ޑައިލިސިސް ސެންޓަރުގެ ހިދުމަތާއެކު ހާއްސަ އައިސޮލޭޝަން އެނދަކާއި އައިސީޔޫގައި ޑައިލިސިސްގެ ހިދުމަތް ފޯރުކޮށްދެވޭނެއެވެ.