ދައުލަތަށް ވަރަށް ދިގު މުއްދަތަކަށް ހިދުމަތްކުރެއްވި ކޮމަންޑޫ މޫސާ ރަމީޒު އަވަހާރަވެއްޖެއެވެ.
ރަމީޒު ވަނީ ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ހިންގުމުގެ ދާއިރާގައި، ވަކީން ހާއްސަކޮށް، ށ. އަތޮޅުގެ އެކި މަގާމުތަކުގައި މުހިންމު ހިދުމަތްތަކެއް ކުރައްވާފައެވެ.
މީގެ އިތުރުން ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރުކަމާއި ށ. އަތޮޅާއި ފުވައްމުލަކުގެ އަތޮޅުވެރިކަންވެސް އޭނާ ކުރެއްވިއެވެ.
ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ކޮމަންޑޫ މޫސާ ރަމީޒު އަވަހާރަވުމުގެ ހިތާމައިގާ އެ އާއިލާއަށާއި ށ. އަތޮޅުގެ ރައްޔިތުންނަށް ތައުޒިޔާ ދަންނަވާފައެވެ.
”އަޅުގަނޑުގެ ދުއާއަކީ، މާތް ﷲ ގެ ރުއްސެވުމާއި ފުއްސެވުމުގައި އަދި ސުވަރުގޭގެ ދާއިމީ ނިޢުމަތުގަައި މަރްޙޫމް މޫސާ ރަމީޒު ލެހެއްޓެވުން،“ ރައީސް ވިދާޅުވިއެވެ.

