ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުކަމުންނާއި ބޯޑު މެންބަރުކަމުން މޭޖާ (ރިޓަޔާޑް) މުހައްމަދު ނަޖާހު ވަކިކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުންނާއި ބޯޑު މެންބަރުކަމުގެ މަގާމުން ހ. ޔެލޯރޯޒް 2، މޭޖާ (ރިޓަޔާޑް) މުހައްމަދު ނަޖާހު މިއަދުން ފެށިގެން ވަކިކޮށްފައިވާ ކަމަށެވެ.

ފެނަކައިގެ އެމްޑީއަކަށް ނަޖާހު އައްޔަނުކުރީ އެ މަގާމުގައި ކުރިން ހުންނެވި މުއާޒް މުހައްމަދު ރަޝީދު އިސްތިއުފާ ދެއްވުމުންނެވެ.

ނަޖާހު ވަކި ކުރި ސަބަބެއް އަދި ހާމައެއް ނުކުރެއެވެ.