މިފްކޯގެ ސީއީއޯ ފަރުހަތު ޝަހީރު މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

އޭނާ އިސްތިއުފާ ދެއްވިކަން ކުންފުނީގެ މުވައްޒަފުންނަށް ވެސް މިއަދު ވަނީ އަންގަވައިފައެވެ.

ނަމަވެސް އިސްތިއުފާ ދެއްވީ ސީދާ ކޮން ސަބަބަކާ ހެދި ކަމެއް ސާފެއް ނުވެއެވެ.

ސަރުކާރުގެ މަސް ކުންފުނީގެ ސީއީއޯގެ މަގާމަށް ފަރުހަތު އައްޔަންކުރީ މިދިޔަ އަހަރުގެ މާޗް 5 ގައެވެ.

ސިފައިންގޭގައި ވެސް ހިދުމަތުން 2012 ގައި ރިޓަޔާ ކުރެއްވި ފަރުހަތު މީގެ ކުރިން އައިޖީއެމްއެޗްގެ ސީއީއޯގެ މަގާމު ވެސް ފުރުއްވިއެވެ.