ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސަން މައުމޫން މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޣައްސާން މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް އަދި ސާފެއް ނޫނެވެ.

މީގެ އިތުރުން، ސޯޝަލް މިނިސްޓަރު ޑރ.އައިޝަތު ޝިހާމް މަގާމުން ވަކިކޮށްފައިވާއިރު، ފޮރިން މިނިސްޓަރު ޑރ.އަބްދުﷲ ހަލީލާއި، ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

މީގެ އިތުރުން، އެގްރިކަލްޗަރ މިނިސްޓަރު ޑރ.މަރިޔަމް މާރިޔާ އިސްތިއުފާ ދެއްވިއިރު، ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވެސް ވަނީ މަގާމުން ވަކި ކުރައްވައިފައެވެ.

މި ބަދަލުތަކުގެ ތެރެއިން ސަރުކާރުގެ ބައެއް ކުންފުނިތަކުގެ މެނޭޖިންގް ޑިރެކްޓަރުން (އެމްޑީން) ވެސް ވަނީ މަޤާމުން ވަކިކޮށްފައެވެ.

މީގެ އިތުރުން ބައެއް ކުންފުނިތަކުގެ އެމްޑީން ވަނީ އަމިއްލަފުޅަށް މަގާމުން އިސްތިއުފާ ވެސް ދެއްވައިފައެވެ.