މޫދަށް އެރި މަސް ހިފަން އުޅެނިކޮށް، ލ. ހިތަދޫން އުމުރުން 21 އަހަރުގެ ޒުވާނަކު ނިޔާވެއްޖެއެވެ.

ނިޔާވީ އެ ރަށު އަމާން ގޭ، އަހުމަދު ހަމްޒާން (21އ)އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޒުވާނާ ނިޔާވީ، މަސް ހިފަން ގެންގުޅުނު ދަގަނޑު އޭނާގެ އަތަށް ވަދެ، ގަލެއްގައި ތާށިވެގެންނެވެ.

ފުލުހުން ބުނީ، ހިތަދޫގައި މަސް ހިފަން މޫދަށް އެރި އުޅުނު މީހަކު ގެނބިގެން އުޅޭ ކަމުގެ މައުލޫމާތު އިއްޔެ މެންދުރުފަހު 3:42 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ ރަށު ސިއްހީ މަރުކަޒަށް އޭނާ ގެންދިޔައިރުވެސް އޮތީ ނިޔާވެފައި ކަމަށް، ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.